Ads by Farudhun

ޚަބަރު

އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ބަންދުކުރުމަކީ ފަންނީ ގޮތުން އެންމެ ރަނގަޅު ގޮތެއް ނޫން: ޝަފީއު

އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ބަންދުކުރުމަކީ ފަންނީ ގޮތުން އެންމެ ރަނގަޅު ގޮތެއް ނޫން: ޝަފީއު

ތައުލީމާއި، މަތީ ތައުލީމާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޯގަސްޓު 2026، 06:09

15 އޯގަސްޓު 2026، 06:09

މަތީ ތައުލީމުގެ ދާއިރާގައި އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު އެކީގައި ބަންދުކޮށްލުމަކީ ފަންނީ ނަޒަރަކުން ބަލާއިރު އެންމެ ރަނގަޅު ގޮތް ނޫންކަމަށް، މަތީ ތައުލީމާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު މިފަދައިން ވިދާޅުވީ، މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ޝަފީއު ފާހަގަކުރެއްވި ގޮތުގައި، ދިވެހިން މިހާރު ތަފާތު ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ހޭނެމުންދާއިރު، ތައުލީމު ހޯދުމުގައިވެސް އޮންލައިންކޮށް އުނގެނުމުގެ ނިޒާމުތައް ބޭނުންކުރުމުގެ ފުރުސަތު އޮންނަންވާނެއެވެ. އަދި ޒަމާނާ އެއްގޮތަށް އަންނަ ބަދަލުތަކާ ފައިހަމަކުރާ މިންވަރަށް ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއަރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު ޒަމާނާ އެއްވަރަށް ތަރައްގީނުވާކަމުގެ ފާޑުކިޔުންތައް އަމާޒުވަމުންދާކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ، ނިޒާމު ބައްޓަންވާންވާނީ ވީހާވެސް ގިނަ ބަޔަކަށް އުނގެނުމުގެ ފުރުސަތު ފަހިވާނެ ގޮތަކަށް ކަމަށެވެ.

މިފަދަ ފުރުސަތުތަކެއް ފަހިވެގެން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޑިޕްލޮމާވިޔަސް ޑިގްރީވިޔަސް ހޯދުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅުކަމެއް. ރާއްޖެ ފަދަ ޤައުމެއްގައި އިންސްޓިޓިއުޝަންތަކާއި ދުރުގައި ވަރަށް އެކަހެރި ހިސާބުތަކުގައި ރައްޔިތުން ތިބޭއިރު ތަޢުލީމީ ނިޒާމްތައް ބައްޓަންކުރަންވާނީ އެ ފުރުސަތު ވީހާވެސް ބޮޑަށް ލިބޭގޮތަށް،

      ސްޓޭޓް މިނިސްޓަރު 

ޝަފީއު އިތުރަށް ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމުގެ ނިޒާމުގެ ތެރެއިން ކަންކަން މޮނީޓާކުރުމުގައި ބޮޑެތި ފަސޭހަތަކެއް ހުރި ކަމަށެވެ. އެގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމާއި މުއާމަލާތްކުރާ ގޮތްތައް ކައިރިން ބެލެހެއްޓޭނެ އިންތިޒާމުތައް އޮންލައިން ނިޒާމެއްގެ ތެރެއިން ހަމަޖައްސަން ފަސޭހަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަތީ ތައުލީމުގެ ފެންވަރާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް ދަސްވެނިވަނީ ކޯހުގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ގައުމީ މިންގަނޑުތަކާ އެއްގޮތަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދޭކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އޮންލައިން އަދި އެހެނިހެން މޮޑެލްތަކުގެ ތެރެއިން ކިޔަވައިދޭ ކޯސްތަކުގެ އުސޫލުތައް ޒަމާނާ އެކަށޭނެ ގޮތަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450