Ads by Farudhun

ޚަބަރު

މާލޭ ޓެކްސީ ލައިން އެޕް ހެކްކުރި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: އެމްޓީސީސީ

މާލޭ ޓެކްސީ ލައިން އެޕް ހެކްކުރި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: އެމްޓީސީސީ

މާލޭ ޓެކްސީ ލައިންގައި ބޭނުންކުރާ ޓެކްސީއެއް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2026، 06:34

16 އޯގަސްޓު 2026، 06:34

މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ދައުރުކުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ހިލާފު ދޮގު ޚަބަރުތަކެއް ކަމަށާއި، އެއީ ކުންފުނީގެ މުވައްޒަފަކު ހިންގި އަމަލެއް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ކުރި އެތެރޭގެ ތަހުގީގުން ހާމަވި ގޮތުގައި، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް، ސިސްޓަމްގެ ސްކްރީންޝޮޓްތައް ނަގައި ލީކުކޮށްފައިވަނީ އެއްވެސް ހުއްދައަކާ ނުލައި އެ ކުންފުނީގެ މުވައްޒަފެކެވެ. މިކަން އެ މުވައްޒަފު ކޮށްފައިވަނީ އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް ކުންފުނިން ފާހަގަކުރެއެވެ.

ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނައިކަން އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެވުނު ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ރޭގެ 11:30 ގައި ސާވަރާއި ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު ރީސްޓޯކޮށް ރައްކާތެރިކަން ކަށަވަރުކޮށްފައިވާތީ، ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. މިއީ އެޕްލިކޭޝަންގެ ފަޔަވޯލަށް ބޭރުން ހަމަލާއެއް ދީގެން ހިންގި އަމަލެއް ނޫން ކަމަށްވެސް ޓެކްސީ ލައިނުން ބަޔާންކުރެއެވެ.

މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށާއި، ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450