Ads by Farudhun

ޚަބަރު

ސްޓޭޓް ފާމާއިން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު މަޝްވަރާކޮށްފި

ސްޓޭޓް ފާމާއިން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު މަޝްވަރާކޮށްފި

ސްޓޭޓް ފާމާއިން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު މަޝްވަރާކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2026، 08:10

16 އޯގަސްޓު 2026، 08:10

ދިވެހިރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށްޓަކައި، ސްޓޭޓް ފާމާއާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސް.އައި.އައި) އާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް ބިޒްނަސް، މިސްޓަރ ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ އެއް ކުންފުންޏެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ފަރާތަކީވެސް އެ ކުންފުންޏެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އެ ކުންފުނިން އަންނަނީ އުފައްދަމުންނެވެ.

މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު، ރައްކާތެރި ބޭހާއި ވެކްސިން، ދަތިކަމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450