Ads by Exprox

ޚަބަރު

ޤައުމީ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް މައުމޫން ފޮނުއްވައިފި!

ޤައުމީ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް މައުމޫން ފޮނުއްވައިފި!

ރައީސް މައުމޫން އަދި ރައީސް މުޢުއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2024، 08:45

04 ސެޕްޓެމްބަރު 2024، 08:45

ހުލާސާ


ކުރީގެ ރައީސްް މައުމޫން ޢަބްދުލް ޤައްޔޫމް މިއަދު ފާހަގަކުރާ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނިއްވައިފިއެވެ.

އެކްސްގައި އެމަނިކުފާނު ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ފަޚުރުވެރި މާޒީގައި ޤައުމަށްޓަކައި ޖިހާދު ކުރެއްވި އަގުހުރި އަބްޠާލުންގެ ފުރާނަފުޅަށް މާތް ﷲ ހެޔޮރަޙްމަތް ލެއްވުން އެދި ދުޢާކުރަމުން މިއުފާވެރި ޤައުމީދުވަހުގެ މުބާރަކްބާދީ ލޮބުވެތި އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.



އަދި ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު އިއްވެވި ވަރުގަދަ ޚިޠާބަށް ރައީސް މައުމޫން ވަނީ ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފައެވެ.



މީގެެ އިތުރުން  ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކާ ފަޚުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށްއުފާވި ކަމަށާއި، ހަމަ އެއާއެކު ވަރަށްގިނަ ފިރިހެން ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވިތަން ފެނުމުން ވަރަށް ދެރަވި ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނުގެ މި ޕޯސްޓާއި އެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco