Ads by Exprox

ޚަބަރު

ރާއްޖޭގެ ދޫނިތަކާ ބެހޭ ދިރާސާއެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ދޫނިތަކާ ބެހޭ ދިރާސާއެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ތުންޑިއެއްގައި ހިމާޔަތް ކުރެވިފައިވަ ދޫނީގެ ބާވަތެއް ފޮޓޯ: އޯޝަން ޑައިމެންޝަންސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޑިސެމްބަރު 2024، 04:45

04 ޑިސެމްބަރު 2024، 04:45

ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވަރސިޓީ އޮފް އޯކްލެންޑާ އެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޔުނިވަރސިޓީ އޮފް އޯކްލެންޑާ ދެމެދު ވެވުނު މި އެއްބަސްވުމުގައި އީޕީއޭގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.

އީޕީއޭ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުމެވެ. މީގެ އިތުރުން، މި ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއް ކަމަށް އީޕީއޭ އިން ފާހަގަކޮށްފައިވެއެވެ.

އީޕީއޭ އިން އިތުރަށް ބުނެފައިވަނީ މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ ދިރާސާތަކުން ރާއްޖޭގެ ދޫނިތަކާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ލިބި، އެ މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުއްމީދުކުރެވެއެވެ.


މި ލިޔުން ކިޔާލުމުން

Ads by Stelco