Ads by Farudhun

ޚަބަރު

މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މީދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 އޯގަސްޓު 2026، 10:17

17 އޯގަސްޓު 2026، 10:17

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން، އައްޑޫ ސިޓީ މީދޫ އަވަށު ބޯޑުގެ ރައީސާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ފަރާތުން ވެސް އަލިއަޅުއްވާލައްވާފައި ވަނީ، މީދޫގެ ގޮނޑުދޮށް ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކުގެ މައްޗަށެވެ. 

އެގޮތުން ދެ ފަރާތުން ވެސް ވަނީ، އެ އަވަށުގެ ގިރާ ސަރަހައްދު ދެނެގަނެ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ދެ ފަރާތުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގައި މީދޫއިން ބައިވެރިވެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، މި މަޝްރޫއަށް އެ ރަށުން ވެދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވިގެން ދިޔައެވެ.



ފަސް މިލިޔަން ގަސް އިންދުމުގެ ގައުމީ މަޝްރޫއަކީ ރާއްޖޭގައި ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ޤުދުރަތުގެ ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ  ހާއްސަ މަސައްކަތެކެވެ. މި މަސައްކަތް 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިފްތިތާހުކުރެވުމަށްފަހު މިހާރު ވަނި، 1.6 މިލިއަނަށް ވުރެ ގިނަ ގަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންދާފައެވެ.

އަދުގެ  ސަރުކާރުން އިސްކަންދެއްވަނީ، ރަށްރަށުގެ ތިމާވެށީގެ މައްސަލަތަކަށް ކައުންސިލްތަކާއި ރައްޔިތުންނާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށެވެ. އަދި ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ވެސް ސަރުކާރުން އިސްކަންދެއްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450