Ads by Farudhun

ޚަބަރު

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

މާކުރަތު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 އޯގަސްޓު 2026، 01:29

18 އޯގަސްޓު 2026، 01:29

ރ. މާކުރަތު ބަނދަރު ބޮޑުކުރުމާއި ފުންކުރުމުގެ މަޝްރޫޢުގެ 60 މަސައްކަތް ނިމިފައިވާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މަޝްރޫއުގެ ދަށުން މިހާރު އެ ސަރަހައްދުގައި ކުރިއަށްދަނީ، ބޭރުތޮށި ޕްރޮފައިލް ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން 45,024 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށި ލުމާއި، 129 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ. 



މިއީ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުރީގެ ސަރުކާރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީއާއި ދެމެދުއެވެ. 

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޭރުގެ ސީއީއޯ އާދަމް އާޒިމެވެ. ދެ ފަރާތުގެ ދެމެދުގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2022 ޖެނުއަރީ 14 ގައެވެ. 

މި މަޝްރޫޢު ނިމިގެން ދިއުމާއެކު، މާކުރަތުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީ މެދުވެރިކޮށް ހިންގަމުންނެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450