Ads by Farudhun

ޚަބަރު

ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް އާރްޑީސީއިން ހަލުވިކަމާއެކު ކުރިއަށްގެންދަނީ

ތޮއްޑޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް އާރްޑީސީއިން ހަލުވިކަމާއެކު ކުރިއަށްގެންދަނީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އާރްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 އޯގަސްޓު 2026، 02:28

18 އޯގަސްޓު 2026، 02:28

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އއ. ތޮއްޑޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ޢިމާރާތުގެ ފޫޓިންގ އެޅުމަށް ބޭނުންވާ އެކްސްކަވޭޝަން މަސައްކަތްތައް ކަމަށެވެ.

 ތޮއްޑޫގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި  އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 



މި މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.

މިއީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. 

މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގައި ޕޮލިސް ހިދުމަތް ދިނުމަށް ޕޮލިސް ޕޯސްޓެއް، ނުވަތަ ޕޮލިސް ސްޓޭޝަންއެއް ނެތް ރަށްރަށް ގިނަކަން ފާހަކުރެވެއެވު.  

ރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށްވާއިރު، އެ ކަމަށް ބޭނުންވާ އިމާރަތްތައް މިހާރު އަންނަނީ ރަށްރަށުގައި ބިނާކުރަމުންނެވެ. އެގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތަށް ބޭނުންވާ އެންމެހައި އިމާރާތްތައް ތަރައްގީކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450