Ads by Exprox

ޚަބަރު

މޯލްޑިވިއަން އަކީ ފައިދާގައި އޮޕަރޭޓުކުރާ އެއަރލައިންއަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ: ވަޒީރު އަމީން

މޯލްޑިވިއަން އަކީ ފައިދާގައި އޮޕަރޭޓުކުރާ އެއަރލައިންއަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ: ވަޒީރު އަމީން

މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު އަމީން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޑިސެމްބަރު 2024، 07:51

04 ޑިސެމްބަރު 2024، 07:51

ހުލާސާ


މޯލްޑިވިއަން އަކީ ފައިދާގައި އޮޕަރޭޓްކުރާ އެއަރލައިން އަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ވަޒީރު އަމީން މިހެން ވިދާޅުވީ ދައުލަތުގެ ޓީވީ އިން ގެނެސްދޭ "ހަފްތާ52" ޕްރޮގްރާމްގައި ވާހަކަފުޅުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު އަމީން ވިދާޅުވީ މޯލްޑިވިއަން އަކީ ފައިދާގައި އޮޕަރޭޓުކުރާ އެއަރލައިންއަކަށް ހެދުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއެކު އެ އަރލައިންއަށް ވަމުން އަންނަ ގެއްލުން ކުޑަކުރެވިފައިވާ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

މީގެއިތުރުން މޯލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއަރލައިންއަކަށް ހެދުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ވަޒީރު އަމީން ވިދާޅުވިއެވެ.

މިމަސައްކަތުގެ ތެރެއިން ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމުގައިވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެކަމަށްވެސް ދަތުރުފަތުރާ ބެހޭ ވަޒީރު އަމީން ވިދާޅުވިއެވެ. ރާއްޖެއަކީ ބޭރު އެއަރލައިންތަކުގެ މެދުގައި މަޤްބޫލް މަންޒިލެއް ކަމަށާއި، ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އަށްވެސް މި ދާއިރާގައި ގިނަ ފުރުސަތުތަކެއް އެބަހުރިކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ. މީގެއިތުރުން ވަޒީރު އަމީން ވިދާޅުވީ އުންމީދަކީ އަންނަ އަހަރުގެ މެދެއްހައި ހިސާބަށް ދާއިރު މޯލްޑިވިއަންގެ ފްލީޓުގައި ވައިޑް- ބޮޑީ 2 މަތިންދާ ބޯޓު ބޭނުންކުރަން ފެށުންކަމަށެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco