Ads by Exprox

ޚަބަރު

ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް: ރަައީސް މުޢިއްޒު

ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް: ރަައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ސެޕްޓެމްބަރު 2024، 10:28

05 ސެޕްޓެމްބަރު 2024، 10:28

މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ވާނީ ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖަކަށް ވާނެކަމުގައެވެ. އެގޮތުން އެކޮލެޖު ވާނީ މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާ މެންބަރޝިޕް ކޮލެޖަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވީ މި ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަޤާފަތާއި ތާރީޚާ އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ގޮތުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުންކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ރައީސް ޑރ. މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަ ކުރުމުގެ ޤައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ. ދިވެހި ޤައުމިއްޔަތުގެ އިސްވަރު އެކުލެވިގެން ވަނީ މައިގަނޑު 5 ދާއިރާއެއްގެ މައްޗަށެވެ. އެ ފަސްދާއިރާއަކީ، ދިވެހިބަހުގެ ދާއިރާއާއި ދިވެހި ތާރީޚާއި ދިވެހި ތަރިކައިގެ ދާއިރާއާއި ދިވެހި ސުމޭކުގެ ދާއިރާ އަދި ދިވެހި ފަންނުގެ ދާއިރާއެވެ.

މިރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ޤައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަމުގެ ރަސްމީ ލިއުން ހަވާލުކޮށްދެއްވާފައެވެ.

 މިކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:- ދިވެހިބަހުގެ އިސްވާރުކަން - މަރްޔަމް ތައުފީޤާ މ. ޑްރީމީ ލައިޓް- ދިވެހި ތާރީޚުގެ އިސްވާރުކަން - އަލްއުސްތާޛް ކަށިމާ އަޙްމަދު ޝާކިރު މއ. ކަށިމާ- ދިވެހިތަރިކައިގެ އިސްވާރުކަން - ޙަސަން ޒަރީރު ސ. މަރަދޫ ލޮނުފެން- ދިވެހި ސުމޭކުގެ އިސްވާރުކަން - މުޙައްމަދު ޢަބުދުލްޤާދިރު ގ. ގޯޅިތެރޭގެ- ދިވެހި ފަންނުގެ އިސްވާރުކަން – މަރްޔަމް ޢިޝާ ޢަޒީޒު ހ. ހާލި އެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco