Ads by Farudhun

ޚަބަރު / ވިޔަފާރި

މިދިޔަ ހަފުތާގައި އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާކޮށްފި: އެމްޕީއެލް

މިދިޔަ ހަފުތާގައި އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާކޮށްފި: އެމްޕީއެލް

މުދާ ކްލިއަރކުރުން. ފޮޓޯ: އެމްޕީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޯގަސްޓު 2026، 04:51

19 އޯގަސްޓު 2026، 04:51

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފުތާގައި އެކަނިވެސް 1655 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިގޮތުން ކްލިއާ ކުރެވުނު މުދަލުގެ ތެރޭގައި އެންމެ ގިނައީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ބިހާއި ފިޔާއެވެ.

އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ މަހުގެ 9 އިން 15 އަށް ހޭދަވި މުއްދަތުގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި އާންމު މުދާ އުފުލާ ބޯޓުފަހަރުން ޖުމުލަ 40,275.52 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1312 ކޮންސައިންމަންޓުގެ 38,088.37 ފްރައިޓް ޓަނާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 343 ކޮންސައިންމަންޓުގެ 2187.15 ފްރައިޓް ޓަން ހިމެނެއެވެ.

މި މުއްދަތުގައި މާލޭ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ އެއް ބޯޓާއި، އާންމު މުދާ އުފުލާ 4 ބޯޓު ކައިރިކޮށްފައިވާއިރު، ކޮންޓެއިނަރު އުފުލާ 4 ބޯޓާއި އާންމު މުދާ އުފުލާ 3 ބޯޓު ވަނީ ފުރާފައެވެ. އަދި ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، 766 ކޮންޓެއިނަރު ބޭލުމާއި 1287 ކޮންޓެއިނަރު ބޭރުކުރުމާއެކު ޖުމްލަ 2053 ކޮންޓެއިނަރުގެ އޮޕަރޭޝަން ހިންގާފައިވެއެވެ.

މީގެއިތުރުން، މިދިޔަ ހަފުތާގައި އަވަހަށް ހަލާކުވާ ޒާތުގެ މޭވާއާއި ތަރުކާރީ ފަދަ ތަކެތީގެ 62,092 ޕެކޭޖު ވަނީ ކްލިއާ ކޮށްފައެވެ. އެންމެ ގިނައިން ކްލިއާ ކުރެވުނު ބާވަތްތަކުގެ ތެރޭގައި 17,097 ކޭސް ބިސް، 10,836 ބަސްތާ ފިޔާ، 7,311 ކޭސް ކަރާ، 6,575 ބަސްތާ އަލުވި އަދި 4,877 ކޭސް ޓޮމާޓޯ ހިމެނެއެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އިތުރަށް އަވަސްކޮށް ހަރުދަނާ ކުރުމުގެ ގޮތުން، ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުށީ ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450