Ads by Farudhun

ޚަބަރު

އާރްޑީސީގެ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތައް އިތުރު 6 ރަށަކަށް

އާރްޑީސީގެ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތައް އިތުރު 6 ރަށަކަށް

މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ރަށްރަށަށް ފޮނުވުން. ފޮޓޯ: އާރްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޯގަސްޓު 2026، 09:37

20 އޯގަސްޓު 2026، 09:37

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ދަށުން ބައެއް ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ވެހިކަލްތައް އެ ރަށްރަށަށް ފޮނުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިތުރު 6 ރަށަކަށް ވެހިކަލްތައް ފޮނުވައިފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، ހދ. ހަނިމާދޫ، ހއ. އުލިގަން، ހއ. ތުރާކުނު، ހއ. އިހަވަންދޫ، ކ. ކާށިދޫ އަދި ކ. ތުލުސްދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނިން ދަނީ އެތައް ރަށަކަށް މި ވެލިކަލްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރަށްތަކުގެ ތެރޭގައި، ލ. އިސްދޫ، ލ. މާބައިދޫ، ލ. ގަން، ތ. މަޑިފުށި، ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި މ. ކޮޅުފުށި ހިމެނެއެވެ. 

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމަށް ސަރުކާރުން ހިންގާ ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވަނީ އާރްޑިސީއާއެވެ. ނަމަވެސް، މި މަސައްކަތްތައް ހިންގުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުންފުނީގައި އެކަށީގެންވާ ސާމާނާއި ވަސީލަތްތައް މަދުވުމެވެ.



އެހެންކަމުން، އާރްޑީސީގެ ގާބިލުކަން އިތުރުކޮށް މަޝްރޫއުތައް އަވަހަށް ނިންމުމުގެ ބޭނުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަން ހޯދައިގެން އެ ކުންފުންޏަށް ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ވަނީ ހޯދައިދީފައެވެ. އަދި މި އެހީގެ ދަށުން ލިބިފައިވާ އުޅަނދުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު އާރްޑީސީން އަންނަނީ ކުރަމުންނެވެ.

 މިއީ އެ ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކޮށް، އަމަލީ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތެކެވެ.

 


 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450