ވިޔަފާރި / ޚަބަރު

ޒަމާނީ ޕޯޓަބަލް "ވީ ސްކޭން" މެޝިން އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފްކޮށްފި

ޒަމާނީ ޕޯޓަބަލް "ވީ ސްކޭން" މެޝިން އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފްކޮށްފި

ޒަމާނީ ޕޯޓަބަލް "ވީ ސްކޭން" މެޝިން އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފްކުރުން ފޮޓޯ: އެސްޓީއޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޯގަސްޓު 2026، 11:08

20 އޯގަސްޓު 2026، 11:08

އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ "ޖީއީ ހެލްތު ކެއަރ" އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑް "ވީ ސްކޭން" މޮޑެލްތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި މި ޑިވައިސް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހިމާއި، ޖީއީ ހެލްތު ކެއަރގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.

މި ޑިވައިސްއާ ގުޅޭގޮތުން އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމުތަކުން ބޭރުވެ، ބަލިމީހާއާ ވީހާވެސް ކައިރިން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގައި މި ޑިވައިސް ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ. އަދި މިއީ ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި، އަތޮޅުތަކުގެ ކުދި ރަށްރަށަށް މިފަދަ މުހިންމު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ފާހަގަކުރެއެވެ.

ފަސޭހަކަމާއެކު ގެންގުޅެވޭ މި ޕޯޓަބަލް ސްކޭން މެޝިންތަކަކީ އެޕަލް އަދި އެންޑްރޮއިޑް ފޯނުގެ އިތުރުން ލެޕްޓޮޕްތަކާ ފަސޭހައިން ގުޅާލެވޭ ޑިވައިސްތަކެކެވެ. މީގެއިތުރުން، ސްކޭންކުރާ އިމޭޖްތައް ބައިނަލްއަޤްވާމީ މިންގަނޑެއް ކަމަށްވާ "ޑީކޮމް ސްޓޭންޑަޑް" ގައި ވަގުތުން ޝެއަރ ކުރުމުގެ ޤާބިލުކަންވެސް މި މޮޑެލްތަކުގައި އެކުލެވިގެންވެއެވެ.

ސްކޭން މެޝިން އުފައްދާ ބްރޭންޑުތަކުގެ ތެރެއިން "ޖީއީ ހެލްތު ކެއަރ" އަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އިތުބާރު ހުރި ބްރޭންޑެކެވެ. ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ.

އެސްޓީއޯއިން ފާހަގަކުރި ގޮތުގައި، މި ބްރޭންޑުގެ މެޝިނަރީތަކަށް ބޭނުންވާ އާފްޓަރ ސޭލްސް ސަރވިސް ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ ބަޔޯމެޑިކަލް ޓީމުން ވަނީ ޖީއީ ހެލްތު ކެއަރގެ ކޮންމެ މޮޑަލިޓީއަކަށް ޚާއްސަ އިންޖިނިއަރުން ތަމްރީނުކޮށް ޚިދުމަތަށް ނެރެފައެވެ. އެގޮތުން އެމްއާރުއައި، ސީޓީ ސްކޭން، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ފަދަ ދާއިރާތަކަށް ޚާއްސަ ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތްއިރު، އެ ޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ހިމެނޭކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.

އެސްޓީއޯއިން ބުނީ ރޭ ތަޢާރަފްކުރެވުނު ޒަމާނީ "ވީ ސްކޭން" ޑިވައިސްއަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށް، ދުނިޔޭގެ ފެންވަރުގެ ޒަމާނީ އީޖާދީ ވަސީލަތްތައް ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450