Ads by Exprox

ޚަބަރު

ފުވައްމުލަކު ސިޓީގައި ރެސިލިއެންސް ހައުސިން ގައިޑެންސް ފޯ ދަ މޯލްޑިވްސް ހޭންޑްބުކް ރަސްމީކޮށް ތަޢާރަފްކޮށްފި

ފުވައްމުލަކު ސިޓީގައި ރެސިލިއެންސް ހައުސިން ގައިޑެންސް ފޯ ދަ މޯލްޑިވްސް ހޭންޑްބުކް ރަސްމީކޮށް ތަޢާރަފްކޮށްފި

ފުވައްމުލަކުގައި ރެސިލިއަންސް ހައުސިންގ ގައިޑެންސް ހޭންޑްބުކް ތަޢާރަފްކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޑިސެމްބަރު 2024، 08:57

04 ޑިސެމްބަރު 2024، 08:57

ފުވައްމުލަކު ސިޓީގައި ރެސިލިއެންސް ހައުސިން ގައިޑެންސް ފޯ ދަ މޯލްޑިވްސް ހޭންޑްބުކް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. 

މި ހޭންޑްބުކް ފުވައްމުލަކުގައި ރަސްމީކޮށް ތަޢާރަފްކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު  މޫސާ ފަތުޙީ އާދަމާއި ފުވައްމުލަކު ސިޓީގެ  ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީއެވެ. 

މި ހޭންޑްބުކް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާ ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމާއި، އެވުޒާރާގެ ނައިބު މުހައްމަދު އިމްރާން ހަސަން، އެވުޒާރާގެ ނައިބު ހަސަން ވިޝާލް، އަދި ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލްގެ އިތުރުން ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ނައިބުންނާއި ސަރުކާރުގެ އޮފީސްތަކުގެ އިސް އޮފިޝަލުން، ގޭގެ ވެރިން، އަދި ކޮންޓްރެކްޓަރުން ވެސް މި މުނާސަބަތުގައި ބައިވެރިވި ކަމަށް އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.



މި ހޭންޑްބުކަކީ ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، އާންމުންގެ ތެރެއިން ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުންގެ މުހިންމު އިންޕުޓާއެކު އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާއި ވޯލްޑް ބޭންކް ގުޅިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވޯލްޑް ބޭންކުގެ ސީނިއާ ހައުސިން ސްޕެޝަލިސްޓް ޑާއޯ އެޗް ހެރިސަން އާއި ރަޔާން ޕްރައިވެޓް ލިމިޓެޑުގެ ފާތިމަތު ރަޝީދު ވަނީ މި ގައިޑްގެ މުހިންމުކަމާއި ފައިދާތަކުގެ އިތުރުން މި އަތްފޮތް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮޮތައް އަލިއަޅުއްވައިލައްވައިފައެވެ. 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco