Ads by Farudhun

ޚަބަރު

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު މުޙައްމަދު އައްޔަނުކުރައްވައިފި

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު މުޙައްމަދު އައްޔަނުކުރައްވައިފި

އަލްފާޟިލް ޔަޒްމީދު މުޙައްމަދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޯގަސްޓު 2026، 12:55

20 އޯގަސްޓު 2026، 12:55

 މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ  ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް، އަލްފާޟިލް ޔަޒްމީދު މުޙައްމަދު އައްޔަނުކުރައްވައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން ޔަޒްމީދު އެ މަޤާމަށް އައްޔަނުކުރައްވާފައި ވަނީ، 23 އޮގަސްޓް 2026 ވަނަ ދުވަހުއެވެ. އޭނާ މި މަޤާމަށް އައްޔަނުކުރައްވާފައި ވަނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޔަޒްމީދު ވަނީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި، ޕްރައިވެޓް ސެކްޓަރގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އަދި އޭނާ އަކީ ގަވަރނަންސް އާއި، އޮޑިޓިންގ އާއި، އެންޓި-ކޮރަޕްޝަން އާއި، އެކައުންޓިންގ އާއި، ފައިނޭންސް އާއި، ހިންގުމުގެ ދާއިރާއިން އެތައް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ.

ޔަޒްމީދު ވަނީ  ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބު ރައީސް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރު ކަމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން އަދާކުރައްވާފައެވެ. 

މީގެ އިތުރުން ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަރޓިފައިޑް ޗާޓަރޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި  އޮކްސްފޯރޑް ބްރޫކްސް ޔުނިވަރސިޓީއިން އެކައުންޓިންގ ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ވެސް ޔަޒްމީދު ވަނީ ހާސިލުކުރައްވާފައެވެ.

ޕެންޝަން އޮފީހުގެ ބޯޑުން އަމާޒު ކަނޑައަޅުއްވަނީ  އަލަށް އައްޔަނުކުރެއްވި ސީއީއޯގެ އިސްނެގުމުގެ ދަށުން އެ އޮފީހުގެ  އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރެއްވުމަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ދިވެހިރާއްޖޭގައި ހަރުދަނާ، ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ޤާއިމުކުރުމަށް އެ އޮފީހުން  ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ހޯދުމަކީ ވެސް އަމާޒެއް ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕެންޝަން އޮފީހަކީ، ރާއްޖޭގެ ޕެންޝަން ސްކީމްތައް ހިންގައި ބަލަހައްޓަމުންގެންދާ މިނިވަން މުއައްސަސާއެކެވެ. އެ މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތަކީ ރިޓަޔަރމަންޓް ޕެންޝަނާއި އަސާސީ ޕެންޝަން ދޫކުރުމާއި، ކަމާގުޅޭ ޤަވާއިދުތައް އެކަށައަޅައި، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީގެން އަބުރުވެރި ރިޓަޔަރމަންޓެއް ކަށަވަރުކޮށްދިނުން ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.

 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450