ދީން / ޚަބަރު

ރަސޫލާގެ ސުންނަތައް އީމާންވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ހުކުރު ޚުޠުބާ

ރަސޫލާގެ ސުންނަތައް އީމާންވެގެން މެނުވީ އީމާންކަން ފުރިހަމައެއް ނުވާނެ: ހުކުރު ޚުޠުބާ

ހުކުރު ހުތުބާ ކުރިއަށްދަނީ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 އޯގަސްޓު 2026، 01:32

21 އޯގަސްޓު 2026، 01:32

ކީރިތި ރަސޫލާ  مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން
ފުރިހަމައެއް ނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

"މާތް ނަބިއްޔާ ﷺ ދެކެ ލޯބިވުން" މި މައުޟޫޢަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަދު އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ނަބީކަމާއި ރަސޫލުކަމާއިގެން  ފޮނުއްވުމުގެ ކުރިން އެކި ބާވަތުގެ ތަކެއްޗަށް އަޅުކަންކޮށް އުޅުނު މީހުން ނުހަނު ގިނައެވެ. އަދި ބާޒާރުގައި އިންސާނުން ގަނެވިއްކުމާއި، އަންހެންދަރީން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި، ޖުވާކުޅުމާއި، ރިބާގެ
މުޢާމަލާތްތައް ފަދަ މުންކަރާތްތައް ވަރަށް ބޮޑަށް ވަނީ ފެތުރިފައި ކަމަށާއި، މިފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް ޓަކައި ރަސޫލާ ފޮނުއްނުވުނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަކީ އެބޭކަލަކަށް ޓަކައި ސުވަރުގޭގެ
ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވޭނޭ ސާހިބާ ކަމަށެވެ. އަދި އެ މީހެއްގެ އަމިއްލަ ނަފުސާއި، މުދަލާއި،
އަނބިދަރީންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނުގެ ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށް ޚުޠުބާގައި ވަނީ ބަޔާންކުރައްވާފައެވެ. 

އަދި ރަސޫލާއަށް ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަންކަމެއް ކަމަށާއި، އެފަދަ މީހުންނަކީ މާތް
الله ލަޢުނަތްލައްވައި ނިކަމެތިކުރައްވައި ވޭންދެނިވި ޢަދާބުދެއްވާނޭ ބައެއް ކަމަށް ޚުޠުބާގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. 

އަދި މާތް ނަބިއްޔާއަށް  ލޯބިކުރުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވެ، އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާލިބިގަތުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެގޮތުން، ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމާއި، މަޑުމޮޅިވުމާއި، މި ނޫން ވެސް އެކަލޭގެފާނު ގެނެސްދެއްވި އަޚުލާޤީ އެންމެހައި ސިފަތަކުން ޒީނަތްތެރިވުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ހަމައެހެންމެ، އެކަލޭގެފާނު ދެކެ ލޯބިވާ މީހާ، ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤިއްޔާތުގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލާން ޖެހޭނެ ކަމަށް ޙުޠުބާގައި ބަޔާންކުރެއްވިއެވެ. 

ޚުޠުބާ ނިންމާލާފައިވަނީ، ވަނީ ރަސޫލާ އުންމަތަށް ޓަކައި ދޫކުރެއްވި ތަރިކައިގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވާލަމުންނެވެ. އަދި ޤުރްއާނާއި ސުންނަތުގައި ހިފަހައްޓައިފި ނަމަ މަގު އޮޅިގެން ނުދާނެކަން ހަނދުމަކޮށްދެމުންނެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450