Ads by Farudhun

ޚަބަރު

ޤަވާއިދާ ޚިލާފުވުމުގެ ސަބަބުން އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް ބާތިލްކޮށްފި

ޤަވާއިދާ ޚިލާފުވުމުގެ ސަބަބުން އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް ބާތިލްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 އޯގަސްޓު 2026، 02:36

21 އޯގަސްޓު 2026، 02:36

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ ގަވާއިދާއި ޚިލާފުވުމުގެ ސަބަބުން އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސަންސް ބާޠިލުކޮށްފިއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެ ކުންފުނީގެ ލައިސަންސް ބާޠިލުކޮށްފައި ވަނީ 20 އޮގަސްޓް 2026 ވަނަ ދުވަހުއެވެ. 

އެ އިދާރާއް ވިދާޅުވީ، މި ފިޔަވަޅު އަޅާފައިވަނީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސްޕަވައިޒްކުރުމުގެ ތެރެއިން އެކްސްޕްރެސް ނީ އެކްސްޗޭންޖުން ގަވާއިދާ ޚިލާފުވެފައިވާކަން ފާހަގަވުމާ ގުޅިގެން ކަމަށެވެ.

އެމްއެމްއޭއިން ވަނީ، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ވެސް ތަންފީޒީ އިދާތަކާއި ގުޅިގެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

އެމްއެމްއޭގެ މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ޤަވާއިދުގައިވާ ގޮތުން، މަނީޗޭންޖިން ވިޔަފާރިތައް މަރުކަޒީ ބޭންކުން ބޭނުންވެއްޖެ ހާލަތެއްގައި ސުޕަވައިޒް ކުރެވޭނެއެވެ. އެގޮތުން އޮތޯރިޓީން އަންގާ ގޮތެއްގެ މަތިން އަދި އޮތޯރިޓީން އަންގާ ވަގުތެއްގައި އެދޭ މައުލޫމާތާއި ލިޔެކިއުންތައް ހުށަހަޅަން ޖެހެއެވެ. މި ޤަވާއިދުގެ ދަށުން، ވިޔަފާރި ހިންގަމުންދަނީ ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށްތޯ ބެލުމަށް އޮތޯރިޓީން އައްޔަން ކުރާ ފަރާތެއް މެދުވެރިކޮށް ނުވަތަ އެމްއެމްއޭގެ އޮފިސަރުން މެދުވެރިކޮށް އެތަނެއްގެ ރެކޯޑުތައް ބެލުމަށް އޮންސައިޓް އެގްޒެމިނޭޝަން ހިންގިދާނެއެވެ.

މި އެގްޒެމިނޭޝަންތަކުގައި ބޭރު ފައިސާ ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ވިއްކާތޯ ބަލައި ރެކޯޑުތައް އަޅާ ކިޔައެވެ. މިކަމުގެ ތެރެއިން ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ރެކޯޑުތައް ދިމާނުވާނަމަ، ޖޫރިމަނާ ކުރުމާއި ލައިސަންސް ބާތިލްކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިދެއެވެ. މި ޤަވާއިދުގެ ދަށުން ލައިސަންސް ދީފައިވާ ވިޔަފާރިއަކުން ޤަވާއިދާ ޚިލާފުވާނަމަ 10،000ރ. އާއި 1،000،000ރ. ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ.

މި ޤަވާއިދުގެ ދަށުން ބޭރު ފައިސާ ގަނެވިއްކުމުގެ ވަކި ރޭޓެއް ކަނޑައަޅާފައިވާނަމަ އެ ރޭޓަކާއި ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމަކީ މަނާކަމެކެވެ. އަދި މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތް ބޭރުފައިސާގެ ޤާނޫނުގައި ވެސް މިކަން ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.

 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450