Ads by Farudhun

ޚަބަރު

ވިލިމާލެ އާއި މާލެ ގުޅުވާލައިފި

ވިލިމާލެ އާއި މާލެ ގުޅުވާލައިފި

ތިލަމާލެ ބްރިޖްގެ މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބައި ގުޅުވާލަނީ. ފޮޓޯ:އެމްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޯގަސްޓު 2026، 03:12

22 އޯގަސްޓު 2026، 03:12

މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން، މާލެ އަދި ވިލިމާލެ އެއްގަމު މަގުން ގުޅާލައިފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވިލިމާލެ އާއި މާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު މިހާރު ގުޅާލާފައިވާއިރު، ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ މުޅިން ފުރިހަމަކުރެވިފައެވެ.

މައި އޮނިގަނޑު ގުޅާލުމަށްފަހު ދެން ކުރިއަށްދާނީ ފިނިޝިންގ މަސައްކަތްތަކެވެ. މީގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި ލައިޓް ހަރުކުރުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ. ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިންގގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމުމުން ކަމަށް އެފްކޮންސްއިން ވަނީ މަޢުލޫމާތު ދީފައެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި މި ބުރިޖަކީ ގްރޭޓަރ މާލެ ސަރަޙައްދާއި މުޅި ރާއްޖޭގެ އިޤްތިޞާދަށްވެސް ނުހަނު މުހިންމު މަޝްރޫޢެކެވެ. އެހެންކަމުން މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަ ފެށި މަސައްކަތްތަކުގެ ތެރޭގައި، ބުރިޖުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

މުޅި މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހައިވޭތަކަކުން ގުޅާލެވިގެންދާނެއެވެ. ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.

ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މި މަޝްރޫޢަށް ޖުމްލަ 500 މިލިޔަން ޑޮލަރު (7 ބިލިޔަނަށްވުރެ ގިނަ ރުފިޔާ) ޚަރަދުވާއިރު، މިއީ އިންޑިއާ ސަރުކާރުގެ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450