ވިޔަފާރި / ޚަބަރު

އިރުގެ އަލިން ލިބޭ ހަކަތައަކީ ޚަރަދު ކުޑަ އަދި ޓެކްނޮލޮޖީގެ ގޮތުން އިތުބާރުހުރި އިއާދަކުރަނިވި ހައްލެއް: އެމްޑީ ފަހުމީ

އިރުގެ އަލިން ލިބޭ ހަކަތައަކީ ޚަރަދު ކުޑަ އަދި ޓެކްނޮލޮޖީގެ ގޮތުން އިތުބާރުހުރި އިއާދަކުރަނިވި ހައްލެއް: އެމްޑީ ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ފޮޓޯ:ސްޓެްލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ޑިސެމްބަރު 2024، 10:45

05 ޑިސެމްބަރު 2024، 10:45

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ  ޙުސައިން ފަހުމީ ވަނީ އެކްސް  ގައި ކުރެއްވި ޕޯސްޓެއްގައި ހަކަތައިގެ ދެމެހެއްޓެނިވިކަމާ ގުޅޭގޮތުން މުހިންމު ވާހަކައެއް ޙިއްސާކުރައްވާފައެެވެ.  ފަހުމީގެ ޕޯސްޓުގައި، ދިވެހިރާއްޖެއަށް އެކަށީގެންވާ އަދި އިތުބާރުހުރި ހަކަތައިގެ އިމްދާދެއް ޔަގީންކުރުމަށްޓަކައި ކުރިމަތިވާ ގޮންޖެހުންތަކާއި، އައު އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުމުގައި ނަގަންޖެހޭ ސްޓްރެޓީޖިކް ނިންމުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.

ސްޓެލްކޯ އަށް އަބަދުވެސް ކުރިމަތިވަމުން އަންނަ ގޮންޖެހުމަކީ އަވަސް ދުވެލީގައި އިތުރުވަމުންދާ ހަކަތައިގެ ޑިމާންޑެވެ. މިކަމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން ޖެހިފައިވޭ

ޙުސައިން ފަހުމީ.

ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމުގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައިދިނުމަށްޓަކައި، ކުރީއްސުރެ ބޭނުންކުރަމުން އަންނަ ހަކަތައިގެ ޓެކްނޮލޮޖީތަކާއި އައު އިއާދަކުރަނިވި ހައްލުތައް ތަޙްޤީޤުކުރުމާ ދެމެދު ސްޓެލްކޯއިން ވަރަށް ނާޒުކު ހަމަހަމަކަމެއް ދެމެހެއްޓެން ޖެހެއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، ސްޓެލްކޯއިން ވަނީ އޯޝަން ތާމަލް އެނަރޖީ ކޮންވަރޝަން (އޯޓެކް) ޕްލެޓްފޯމްތަކާ ބެހޭގޮތުން ދިރާސާކުރައްވާފައެވެ. މިއީ އަލަށް ތަޢާރަފުވަމުން އަންނަ އިއާދަކުރަނިވި ހަކަތައިގެ ހައްލެކެވެ. އޯޓެކްގެ ޤާބިލުކަން ފާހަގަކުރެއްވި ނަމަވެސް، މި ޓެކްނޮލޮޖީ އަދިވެސް ދަނީ ދިރާސާކުރުމާއި ތަރައްޤީކުރުމުގެ މަރުޙަލާގައި ކަމަށާއި، މިހާރަށް ތަންފީޒުކުރުމަށް ހުރަސްއަޅާ ބޮޑެތި ޚަރަދުތަކާއި ޓެކްނިކަލް ގޮންޖެހުންތައް ހުރިކަން ފާހަގަކުރެއްވިއެވެ. މީގެ ބަދަލުގައި، އިރުގެ އަލިން ލިބޭ ހަކަތައަކީ އިތުބާރުހުރި އަދި ޚަރަދު ކުޑަ ހައްލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް މި ހައްލުން ދިވެހިރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ވަނީ ލިބިފައިކަމަށް ވިދާޅުވިއެވެ.

އިރުގެ އަލިން ލިބޭ ހަކަތައަކީ ޚަރަދު ކުޑަ އަދި ޓެކްނޮލޮޖީގެ ގޮތުން އިތުބާރުހުރި އިއާދަކުރަނިވި ޙައްލެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.  އަދި މިކަމުން ސްޓެލްކޯއިން އިއާދަކުރަނިވި ހަކަތައަށް ދެއްވާ އަހައްމިއްޔަތުކަން  ފާހަގަކުރެއްވިއެވެ. އޭގެއިތުރުން، އައު ޓެކްނޮލޮޖީތަކާއި އެހެނިހެން ވައްތަރުގެ ފިއުލްތައް ބޭނުންކުރެވޭ ފެންވަރަށް ތަރައްޤީވުމުން، ސްޓެލްކޯއިން އެ ޓެކްނޮލޮޖީތައް ވަޒަންކޮށް، ހަކަތައިގެ މިކްސް އިތުރަށް ފުޅާކުރުމަށް ރިޢާޔަތްކުރާނެކަން ޔަޤީންކޮށްދެއްވިއެވެ.



މި ލިޔުން ކިޔާލުމުން