ކުޅިވަރު
މަޑަވެލީގައި އޭއެފްސީ "ސީ" ލައިސަންސް ކޯޗިންގ ކޯހެއް ކުރިޔަށްގެންގޮސްފި
މަޑަވެލީގައި ކުރިޔަށް ގެންދިޔަ ކޯޗިން ކޯހުގެ ތެރެއިން / ފޮޓޯ: މަޑަވެލި ކައުންސިލް
ދިވެހިރާއްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންގޮސް، ފަންނީ ގޮތުން ޤާބިލު ކޯޗުން އުފެއްދުމަށްޓަކައި ގދ. މަޑަވެލީގައި ކުރިއަށްގެންދިޔަ އޭއެފްސީ "ސީ" ލައިސަންސް ކޯޗިންގ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މަޑަވެލީ ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި 20 ބައިވެރިއަކު ވަނީ ތަމްރީނު ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފައެވެ.
މި ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން ވެދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކޮށް، ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރެއް އަދާކޮށްފައެވެ.
އަތޮޅުތެރޭގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމުގެ ދޮރުތައް ހުޅުވައިދީ، ފުޓްބޯޅައިގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް މިފަދަ ކޯސްތަކަކީ ވަރަށް މުހިންމު ބިންގަލެކެވެ. އަދި މިއީ އެ ސަރަޙައްދުގެ ފުޓްބޯޅައިގެ ކުރިމަގަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.