Ads by Farudhun

ޚަބަރު

ހޯރަފުށީގެ ކަރަންޓު ޚިދުމަތް ހަރުދަނާކުރުމަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފި

ހޯރަފުށީގެ ކަރަންޓު ޚިދުމަތް ހަރުދަނާކުރުމަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފި

އެ ރަށަށް ގެންގޮސްފައިވާ ޖަނަރޭޓަރު. ފޮޓޯ: ފެނަކަ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 އޯގަސްޓު 2026، 01:26

23 އޯގަސްޓު 2026، 01:26

ހއ. ހޯރަފުށީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް ޓަކައި އެ ރަށަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ މި އައު ޖެންސެޓް ގެނައުމުގެ ކުރިން ހޯރަފުށީ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީއަކީ 2720 ކިލޯވޮޓު ކަމަށެވެ. އެހެންކަމުން މި އައު ޖެންސެޓް އެ ރަށަށް ގެންގޮސް ޚިދުމަތްދޭން ފެށުމުން ހޯރަފުށީގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 3350 ކިލޯވޮޓަށް އިތުރުކުރެވިގެންދާނެ ކަމަށް ފެނަކައިން ވިދާޅުވެއެވެ.



ފެނަކައިގެ އަމާޒަކީ ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ރައްޔިތުންނަށް އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ޔަގީންކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. 

މީގެ އިތުރުން، ރަށްރަށުގައި ހުރި އިންޖޭނުގެ ތަކުގައި ބޭނުންކުރާ ޖެނެރޭޓަރުތަކުގެ ހާލަތު ބަލައި، އެ ޖެނަރޭޓަރުތައް އޯވާހޯލް ކުރުމާއި، ކަރަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ފެނަކައިން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ކަރަންޓުގެ ޚިދުމަތަކީ، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޚިދުމަތް ކަމަށް ވާއިރު، އެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ދިނުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.


 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450