ޚަބަރު
މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ ނިމިއްޖެ
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރަމުންދަނީ ބޭރު ތޮށީގެ މަސައްކަތް ކަމަށް އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މި މަސައްކަތުގެ ތެރޭގައި، 45,024 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮއްޓަކާއި 129 މީޓަރުގެ އެއްގަމުތޮއްޓެއް ލުމުގެ އިތުރުން 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
ޖުމްލަ 26.67 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ކުރީގެ ސަރުކާރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި އެމްޓީސީސީއާ ދެމެދުގައެވެ.
ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު pic.twitter.com/BQTjufKI9P
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 24, 2026
2022 ޖަނަވަރީ 14 ގައި ވެވުނު މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޭރުގެ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ފުރިހަމަވުމުން، މާކުރަތު ރައްޔިތުން ތަޙައްމަލުކުރަމުންދާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި އެމްޓީސީސީ މެދުވެރިކޮށް ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ.