Ads by Farudhun

ޚަބަރު

އިންޖިނިއަރިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވަނީ

އިންޖިނިއަރިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވަނީ

އެމްޓީސީސީގެ މުވައްޒަފުންތަކެއް ސާރވޭކުރަނީ / ފޮޓޯ: އެމްޓީސީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޯގަސްޓު 2026، 11:11

26 އޯގަސްޓު 2026، 11:11

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ) އިން ދިނުމަށް ހަމަޖެހިފައިވާ އިންޖިނިއަރިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާނެއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ (ބުރާސްފަތި ދުވަހުގެ) މެންދުރުފަހު 14:00 އެވެ.

ދިވެހިރާއްޖޭގެ އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ވަކިވަކި ފަރުދުންގެ ނަމުގައާއި ޓީމުތަކުގެ ނަމުގައި ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ވަކިވަކި ފަރުދުންނަށް ޚާއްޞަ އެވޯޑްތަކަށް އިންޖިނިއަރިންގެ އެކި ދާއިރާތަކުން ކުރިމަތިލެވޭއިރު، އިންޖިނިއަރިން ދާއިރާގެ އެކަޑެމިކް ބޭފުޅުންނާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކަށްވެސް ވަކިވަކިން ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ޓީމުތަކަށާއި މަޝްރޫޢުތަކަށް ޚާއްޞަކޮށްގެން ދެވޭ އެވޯޑުތަކަށް ސަރުކާރުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓަންޓުން އަދި މަޝްރޫޢުތައް ހިންގާ ޕްރޮޖެކްޓް ޓީމުތަކާއި ދިރާސާކުރާ ޓީމުތަކަށްވެސް ވަނީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.



މި އަހަރުގެ އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ މައިގަނޑު ގިންތިތަކުގެ ތެރޭގައި ހިމެނެނީ:

  • އިންޖިނިއަރ އޮފް ދަ އިޔަރ
  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  • ޔަންގް އިންޖިނިއަރ އެވޯޑް
  • ވިމެން އިން އިންޖިނިއަރިންގ އެވޯޑް
  • އިންޖިނިއަރިންގ އިނޮވޭޝަން ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑް
  • ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
  • އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
  • ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
  • ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް


އިންޖިނޭރުން ޤައުމީ ތަރައްޤީއަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން ސަރުކާރުން "އިންޖިނޭރުންގެ ޤައުމީ އެވޯޑް" ދެއްވަން ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ 30 އޮގަސްޓް 2025 ގައި އިޢުލާނު ކުރައްވާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450