Ads by Farudhun

ޚަބަރު

ނެއްލައިދޫގެ އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި

ނެއްލައިދޫގެ އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި

ނެއްލައިދޫގެ އައު ޖެންސެޓް ފޮޓޯ: ފެނަކަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 އޯގަސްޓު 2026، 04:14

26 އޯގަސްޓު 2026، 04:14

ހދ. ނެއްލައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެ ރަށަށް ގެންދިޔަ 600 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކުރުމަށްފަހު، މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ އެކި މައްސަލަތައް ދެމެހެއްޓެނިވި ގޮތެއްގައި ޙައްލުކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އާބާދީ ކުދި ރަށްރަށާއި އާބާދީ ބޮޑެތި ސިޓީތަކުގައި ވެސް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، އައު ޖަނަރޭޓަރުތައް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ފެނަކައިން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

މި ސިޔާސަތުގެ ދަށުން ނެއްލައިދޫގައި އަލަށް އިންސްޓޯލް ކުރެވުނު 600 ކިލޯވޮޓުގެ ޖެންސެޓާއެކު، އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 1,200 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވައެވެ. މިއާއެކު އެރަށުގެ ކަރަންޓުގެ ޚިދުމަތަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ފެނަކައިން ވިދާޅުވީ، ގެނެވުނު މި ބަދަލާއެކު ނެއްލައިދޫގެ އިންޖީނުގެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ޚާއްޞަކޮށް ޕީކު ގަޑިތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ނުވަތަ ޑިމާންޑް އިތުރުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް އެކަށީގެންވާ ދާއިމީ ޙައްލެއް ލިބި، ރަށުގެ ކަރަންޓު ވިއުގަ ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450