Ads by Farudhun

ޚަބަރު

ތިލަފުށި ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި

ތިލަފުށި ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި

ތިލަފުށީ ޕޯޓް. ފޮޓޯ: އެމްޕީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޯގަސްޓު 2026، 02:15

28 އޯގަސްޓު 2026، 02:15

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށި ޕޯޓް އިމާރާތް ތަރައްޤީކޮށް އެތަނަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިޢުލާނުކޮށްފިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވަޢުދުފުޅެކެވެ. މި ސަރުކާރުން ނިންމާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށެވެ. މި މަޝްރޫޢަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރާ މަޝްރޫޢެކެވެ.

ތިލަފުށި ޕޯޓް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން، އަލަށް ތަރައްޤީކުރާ ބަނދަރަށް ބޭނުންވާ އޮޕަރޭޝަނަލް، އެޑްމިނިސްޓްރޭޓިވް، ކާގޯ ހޭންޑްލިންގ، ވެއަރހައުސިންގ، ޔޫޓިލިޓީ، ސޭފްޓީ، ވެލްފެއާ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން މި ބަނދަރުގައި ޒަމާނީ ކޮންޓެއިނަރ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއަރހައުސްތައް ހިމެނޭނެއެވެ. އަދި 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ދެވޭނެ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމެއް މިތަނުގައި ޤާއިމުކުރެވިގެންދާނެއެވެ.

އެމްޕީއެލްއިން ވިދާޅުވީ ތިލަފުށި ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ފުރުޞަތު ވަކިވަކި ކުންފުނިތަކަށާއި ޖޮއިންޓް ވެންޗަރތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ހުށަހަޅާނަމަ، އެ ފަރާތްތަކުގެ ތެރެއިން އެއް މެންބަރަކީ "ލީޑް ޕާޓްނަރު" ގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އެމްޕީއެލްއިން ބަޔާންކުރެއެވެ. އަދި މިފަދަ ހުށަހެޅުންތައް ވަޒަންކުރުމުގައި، ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ތަޖުރިބާއާއި، ފަންނީ ޤާބިލުކަން އަދި މާލީ ތަނަވަސްކަމަށް ބަލާނެކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450