Ads by Farudhun

ޚަބަރު

އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ

އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެ

އަމާން ޓަވަރުތައް. ފޮޓޯ: ސަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޯގަސްޓު 2026، 12:50

31 އޯގަސްޓު 2026، 12:50

ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ އަންހެން ކުއްޖަކު ވެއްޓިއްޖެއެވެ.

 ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 އޮގަސްޓު 31 ވަނަ ދުވަހުގެ 11:35 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އިމާރާތުން ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450