Ads by Farudhun

ޚަބަރު

ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތުކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ މަރާމާތުކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޯގަސްޓު 2026، 03:15

31 އޯގަސްޓު 2026، 03:15

ތ.  ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އިން މިއަދު ވަނީ ސޮއިކޮށްފައެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ. އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު  އަބްދުﷲ ރާފިޢުއެވެ. އަދި ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަންގެ  ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.

މި އެއްބަސްވުމުގެ ދަށުން، ޢަމަލީ މަސައްކަތް ފަށާތާ 180 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައި ވުޒާރާއާ ހަވާލުކުރަންޖެހެއެވެ.

މި ޕްރޮޖެކްޓަކީ ރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ހިންގޭ މަސައްކަތެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. 

މީގެއިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކަސްރަތު ކުރާނެ މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450