Ads by Farudhun

ޚަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރި ކަމަށް ތުހުމަތުކުރެވޭ ކުންފުންޏެއްގެ އޮފީސް ބަލައިފާސްކުރަން ފަށައިފި

ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރި ކަމަށް ތުހުމަތުކުރެވޭ ކުންފުންޏެއްގެ އޮފީސް ބަލައިފާސްކުރަން ފަށައިފި

ހުސެއިން އާދމަ ބިލްޑިންގ - ފޮޓޯ: ޕީއެސްެއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

01 ސެޕްޓެމްބަރު 2026، 11:23

01 ސެޕްޓެމްބަރު 2026، 11:23

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތްތައް ހިންގަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ ކުންފުންޏެއްގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރަން ފުލުހުން ފަށައިފިއެވެ.

ފުލުހުން މައުލޫދިން ގޮތުގައި މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވަނީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކާ ދެކޮޅަށެވެ. އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރަމުންދިޔަ ބޭންކު އެކައުންޓްތައް މިހާރު ވަނީ ފްރީޒްކޮށް، މުއާމަލާތްތައް މެދުކަނޑާލާފައެވެ.

މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި، މާލޭގެ މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިހާރު ދަނީ ހިންގަމުންނެވެ.

ދިވެހިރާއްޖޭގައި އެއްވެސް ހުއްދައެއް ނެތި، ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގަމުންދިޔަ ހަ ބިދޭސީއަކު، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަނެ، ޑިޓެންޝަނަށް ވަނީ ގެންގޮސްފައެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އަތުލައިގަނެވުނު 6 ބިދޭސީންގެ ބޭންކު އެކައުންޓްތަކުން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ފައިސާ ދައުރުކޮށްފައިވެއެވެ. އެގޮތުން:

  • ޖުމްލަ 54،429،550.00 (ފަންސާސް ހަތަރު މިލިއަން ހަތަރު ލައްކަ ނަވާވީސް ހާސް ފައްސަތޭކަ ފަންސާސް) ދިވެހި ރުފިޔާ.
  • 1،627،810 (އެއް މިލިއަން ހަސަތޭކަ ހަތާވީސް ހާސް އަށްސަތޭކަ ދިހަ) ޔޫއެސް ޑޮލަރު.
    މި ފަރާތްތަކަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ހުއްދަ ދީފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ކަޅު ބާޒާރުގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ބައެއްކަން ވެސް ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ގެނައި އިސްލާހުތަކާއެކު، ރަސްމީ ބޭންކް ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، އެފަދަ މުއާމަލާތްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ފިޔަވަޅުތަކާއެކު، ކަޅު ބާޒާރު ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450