ދުނިޔެ

ނޯވޭގެ ރަސްކަމުގެ ތަޚުތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ކިންގް ހާކޮން 8 ވަނައަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ނޯވޭގެ ރަސްކަމުގެ ތަޚުތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ކިންގް ހާކޮން 8 ވަނައަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

ހިޒް މެޖެސްޓީ ކިންގް ހާކޮން 8 ވަނަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ސެޕްޓެމްބަރު 2026، 06:38

01 ސެޕްޓެމްބަރު 2026، 06:38

ނޯވޭގެ ރަސްކަމުގެ ތަޚުތާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެ ޤައުމުގެ އައު ރަސްގެފާނު، ހިޒް މެޖެސްޓީ ކިންގް ހާކޮން 8 ވަނައަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމިއްލަފުޅު ނަންފުޅުގައި އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ނޯވޭގެ ޤާނޫނުއަސާސީއަށް ވަފާތެރިވުމުގެ ހުވާ އެ ޤައުމުގެ ޕާލިމަންޓުގައި ކުރެއްވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައި، ކިންގް ހާކޮންގެ ޒަޢާމަތުގައި ނޯވޭގެ ރަސްކަމުގެ ޒަމާންވީ އަގުތަކާއި ސަގާފަތްތައް ދަމަހައްޓަވައި، ނޯވޭގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ފުރިހަމަ ޚިދުމަތްތަކެއް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ ރާއްޖެއާއި ނޯވޭއާ ދެމެދު އޮތީ ދެފަރާތުގެ އިޙްތިރާމާއި އެއްގޮތް އަގުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް އަދި އެކުވެރި ގުޅުމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ރަސްކަމުގައި ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުމާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ކިންގް ހާކޮން 8 ވަނައަށް ދުޅަހެޔޮ ސިއްޙަތަކާއި ފާގަތިކަމަށް އެދިވަޑައިގެން، ނޯވޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަމަސަލަސްކަމާއި ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެން ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450