Ads by Exprox

ޚަބަރު

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދެނީ!

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދެނީ!

ފުުވައްމުލައް ސިޓީ. ފޮޓޯ: ޓްރިޕް އެޑްވައިޒަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ސެޕްޓެމްބަރު 2024، 02:41

05 ސެޕްޓެމްބަރު 2024، 02:41

ފުވައްމުލަކު ބަނދަރު ސަރަހައްދުން ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ނިންމައިފިއެވެ. 

ޓޫރިޒަމްގެ ބޭނުމަށް ފުވައްމުލަކު ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިނުމަށް ނިންމައި އެކަމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް މިހާރު ވަނީ ހުޅުވައިލައިފައެވެ. 

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑް ޑޮކިއުމެންޓް ވިއްކައިގެން ކަމަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 100 ޑޮލަރެވެ.

ކޮންމެ މީހަކަށް ވެސް އެ ބިޑު ހުށަހެޅޭ ގޮތަށް ކުރި އިޢުލާނުގައިވާ ގޮތުން، މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ބިޑު ހުށަހެޅޭނެ އެވެ.

ފުވައްމުލަކަކީ ޓޫރިސްޓުންގެ މެދުގައި މަޝްހޫރު ސީޓީއެކެވެ. ފުވައްމުލަކުގައި 10 ވަރަކަށް ޑައިވިން ސްކޫލް ހިންގާއިރު، އެ ރަށް ކައިރިއަށް ޑައިވް ކުރުމަށް ވަރަށް ގިނަ ސަފާރީ އުޅަނދުތައް ދެ އެވެ.

ފުވައްމުލަކަކީ ގުދުރަތީ ރީތިކަން ވަރަށް ބޮޑަށް ލިބިފައިވާ ސިޓީއެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco