Ads by Farudhun

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން---

farudhun logo

ފަރުދުން

07 ސެޕްޓެމްބަރު 2026، 08:48

07 ސެޕްޓެމްބަރު 2026، 08:48

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 1 އިން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އާދީއްތަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ވެމްކޯ ބުރިޖު ކައިރިން ހައްޔަރުކޮށްފައިވަނީ ފ. މަގޫދޫ / ހަނދުވަރީގެ، އިސްމާޢީލް އިޒްހާން (25އ) އަދި ލ. އިސްދޫ / ހުސްނޫގެ، އާމިނަތު ރުޝްދާ (21އ) ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. މިގޮތުން، އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، އިތުރު އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާޢީލް އިޒްހާންގެ ބަންދަށް 15 ދުވަސް އަދި އާމިނަތު ރުޝްދާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަޙުޤީޤު ކުރަމުން އަންނައިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450