ޚަބަރު
އދ. އޮމަދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
އދ. އޮމަދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތް. ފޮޓޯ:އެމްޓީީސީސީ
އދ. އޮމަދޫގައި ތަރައްގީކުރަމުންދާ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މަޝްރޫއު ހިންގަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރާޅުގެ އެންމެ ފަހުގެ މަސައްކަތްތަކާއި، ބޭރު ފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތުގެ އިތުރުން އިމާރާތުގެ އެތެރޭގެ ގައު އެތުރުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 އޮކްޓޯބަރު 7 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި އިރު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
Project Update: Development of Police Post in Adh. Omadhoo
— MTCC Plc (@MTCCPlc) September 7, 2026
Final roofing works, police post outer boundary wall plastering works and inner block works are ongoing.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/DdpRJC4fQ2
މި މަޝްރޫއަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްޓީސީސީއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ފަރްހާދު ފިކުރީއެވެ.
އޮމަދޫގައި ތަރައްގީކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، އެ ރަށުގައި ދާއިމީ ގޮތެއްގައި ގާނޫނު ތަންފީޒުކުރުމުގެ ބާރު ގާއިމުވެ، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވުމުގެ ދުވެލި އަވަސްވެ، މުޅި އދ. އަތޮޅުގެ އަމާންކަމާއި ރައްކާތެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.