ޚަބަރު
ޒުވާން ޚަޠީބުންގެ މަހާސިންތާ މި މަހު ބާއްވަން ނިންމައިފި
ޒުވާން ޚަޠީބުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ މި ސެޕްޓެމްބަރު މަހުގެ 13 ވާ އާދީއްތަ ދުވަހު އިސްލާމީ މަރުކަޒުގައި ފެށުމަށް ނިންމައިފިއެވެ. މިއީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، އަންނަން އޮތް ޖީލުގައި އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާން ޚަޠީބުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ޚާއްޞަ މަހާސިންތާއެކެވެ.
މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވާނެއެވެ. މީގެ އިތުރުން، ހުޅުމާލޭގައި ބިންގާ އެޅުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ޙަފްލާގައި ވެސް ޒުވާން ޚަޠީބުން ރަސްމީކޮށް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް، ޤައުމުގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތްކުރުމަށް ސަރުކާރުން އަންނަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުންނެވެ. މިގޮތުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ.
މި މަހާސިންތާގައި ގިނަ އަދަދެއްގެ ޚަޠީބުން ބައިވެރިވި ނަމަވެސް، އަތޮޅުތަކުން މާލެ އައުމުގައި ހުރި ބައެއް ދަތިތަކާއި އަދި އިމްތިޙާންތަކާ ގުޅިގެން ބައެއް ޒުވާން ޚަޠީބުންނަށް މި މަހާސިންތާއަށް ޙާޟިރުވެވެން ނެތްކަން ވެސް ފާހަގަކުރެވެއެވެ.