Ads by Farudhun

ޚަބަރު

ފްލެޓްތަކުގެ ކުޑަދޮރުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ފްލެޓްތަކުގެ ކުޑަދޮރުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް ފަށައިފި

ހިޔާ ފްލެޓުތައް---

farudhun logo

ފަރުދުން

07 ސެޕްޓެމްބަރު 2026، 10:41

07 ސެޕްޓެމްބަރު 2026، 10:41

ހުޅުމާލޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަލަހައްޓަމުން ގެންދާ ފްލެޓްތަކުގެ ބެލްކަންޏާއި ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެހީތެރިކަމަށް އެދުނު ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން، ހިޔާ ފްލެޓްތަކުގެ ތެރެއިން އެހީއަށް އެދުނު ބައެއް އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތުގެ ސަބަބުން އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އެ އާއިލާތަކަށް އިތުރު ރައްކާތެރިކަމާއި އަމާންކަން ލިބިގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

އެޗްޑީސީން ހާމަކުރާ ގޮތުގައި، އެ ކޯޕަރޭޝަނުން ބަލަހައްޓަމުންދާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން ހިމެނޭހެން، ހުޅުމާލޭގެ މުޅި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރިއަށްގެންދާ މަސައްކަތެކެވެ.



އެޗްޑީސީން ބުނީ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމާތުކުރުމަށް އާންމު ރައްޔިތުންނަށް އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

އެހެންކަމުން، އެފަދަ އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން މަރާމާތުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެހީއަށް އެދޭ ފަރާތްތަކުން 30 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޚާއްސަ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450