ޚަބަރު
ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް ހުޅުމާލޭގައި ޢިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ
ނޭޝަނަލް ޑްރަގް އޭޖެންސީ. ފޮޓޯ: ސަން
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ މައި އޮފީސް ނުވަތަ ހެޑް އޮފީސް ހުޅުމާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީން އިޢުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހުޅުމާލޭގައި އެންޑީއޭގެ ހެޑް އޮފީސް ޢިމާރާތްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތުތައް އިޢުލާނާއެކު ޢާންމުކުރެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން މިނިސްޓްރީގެ ޕްރޮކިއުމަންޓް އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް 17 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ އެދިފައެވެ.