ޚަބަރު
ހައުސިންގ މިނިސްޓްރީ ރޯކޮށްލި ފަރާތް އެނގޭ ކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަށްފަހު، ތަޙުޤީޤަށް އެއްބާރުލުން ދެއްވުމަށް އެދުމުން އެއްބާރުލުމެއް ނުދެއްވި
ކުރީގެ ރައީސް ޔާމިން - ފޮޓޯ: ޕީއެސްއެމް
ކުރީގެ ހައުސިންގ މިނިސްޓްރީ ހިންގި ގްރީން ބިލްޑިންގގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން، އެ ތަޙުޤީޤަށް އިތުރު މަޢުލޫމާތެއް ދެއްވެން ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހަށް ހާޒިރުވެވަޑައިގަތުމަށް ދެކޮޅު ހައްދަވައިފިއެވެ.
"ފަރިދުން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަށް މިކަމާ ގުޅޭގޮތުން ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ބަޔާންކުރައްވާފައިވަނީ، ގްރީން ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަޙުޤީޤަށް މަޢުލޫމާތު ދެއްވުމަށްޓަކައި އެމަނިކުފާނު ފުލުހަށް ހާޒިރުވުމުގެ ޗިޓު ހަވާލުކުރުމަށް ފުލުހުންގެ ޚިދުމަތުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ސިޓީގައި ވިދާޅުވެފައިވަނީ ގްރީން ބިލްޑިންގގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ޢާންމުކޮށް ޝާއިޢުކޮށްފައިވާ މަޢުލޫމާތު ފިޔަވައި އިތުރު އެއްވެސް މަޢުލޫމާތެއް ރައީސް ޔާމީނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައަކީ މީގެ ކުރިންވެސް ފުލުހުން ތަޙުޤީޤުކޮށްފައިވާ މައްސަލައަކަށްވާތީ، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށްވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
އެހެންކަމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން މި ތަޙުޤީޤަށް އިތުރު ކުރިއެރުމެއް ލިބޭނެ އެއްވެސް މަޢުލޫމާތެއް ދެވެން ނެތް ޙާލަތެއްގައި، އެމަނިކުފާނު ފުލުހުންގެ މަރުކަޒަކަށް ޙާޟިރުވުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަކީލު ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ އިދާރާއާ ގުޅޭގޮތުން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދިވެހި ފުލުހުންނަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ އެ ވަގުތެއްގައި އެތަނުގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް ހިންގަވާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"މިހާރު އާންމުކޮށް ކަމެއް ތަހުގީގު ކުރަނީ އެކަމުގެ ހަގީގަތާ ހަމައަށްދާން. ރައްޔިތުންގެ ދަރުބާރަށްވުރެން ހާމަކަން ބޮޑޫ ތަނެއް އެބަ އޮއިތޯ؟ ފުލުހުންގެ ތަހުގީގު ތަކަކީ އެފަހަރަކު ކުލަ ޖައްސަން ބޭނުންވާ ގޮތަކަށް ކުލަ ޖެހޭ އެއްޗެއް،"
ފުލުހުންގެ ތަޙުޤީޤުތަކުގެ މިނިވަންކަމާމެދު ސުވާލު އުފައްދަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން މި ތަޙުޤީޤަށް އިތުރު ކުރިއެރުމެއް ލިބޭނެ އެއްވެސް މަޢުލޫމާތެއް ދެވެން ނެތް ޙާލަތެއްގައި، އެމަނިކުފާނު ފުލުހުންގެ މަރުކަޒަކަށް ޙާޟިރުވުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަކީލު ފޮނުއްވި ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
ޕީއެންއެސް ރައީސް ޔާމީން ބައިވެރި ވަޑައިގެން ޖަލްސާގައި ވިދާޅުވީ ރައީސް ޔާމީން ދިވެހި ފުލުހުންނަށް އިތުބާރު ނުކުރައްވާ ކަމަށާއި، ފުލުހުންގެ މުއައްސަސާ އަކީ އެ ވަގުތެއްގައި އެތަން ހަލާލުވެ ހުންނަ މީހަކު ބޭނުންގޮތަކަށް ހިންގާ ތަނެއް ކަމަށެވެ.
"މިހާރު އާންމުކޮށް ކަމެއް ތަހުގީގު ކުރަނީ އެކަމުގެ ހަގީގަތާ ހަމައަށްދާން. ރައްޔިތުންގެ ދަރުބާރަށްވުރެން ހާމަކަން ބޮޑޫ ތަނެއް އެބަ އޮއިތޯ؟ ފުލުހުންގެ ތަހުގީގު ތަކަކީ އެފަހަރަކު ކުލަ ޖައްސަން ބޭނުންވާ ގޮތަކަށް ކުލަ ޖެހޭ އެއްޗެއް" ރައީސް ޔާމީން ވިދާޅުވިއެވެ.
ދޮންދުބުރިމާ
08/09/2026 13:20
ދެން ކީއްކުރަން ތޯ އޮށްޓަރެއްވެސް ނެތް ވާހަކަ ތިޔަ ދައްކާ ވަނީ ރައްޔަތުން ޓެގް އެބައަޅުވާ އެއްވެސް ބުރަދަނެއް ނެތް ވާހަކަ ފަތުރާ މީހެއްގެ ގޮތުގައި