Ads by Farudhun

ޚަބަރު

ޗާގޯސްގެ ސިޔާދަތާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބޭއްވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

ޗާގޯސްގެ ސިޔާދަތާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބޭއްވުމަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އަދި ރައީސް މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2026، 11:36

08 ސެޕްޓެމްބަރު 2026، 11:36

ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތާ ގުޅޭ މައްސަލަތަކުގައި ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުވަތު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދައުވަތު އަރުވާފައިވަނީ އިނގިރޭސި ބޮޑުވަޒީރު ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރންހަމް އަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ. މި ސިޓީފުޅުގައި، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި އެ ސަރަޙައްދުގައި ކުރިއަށްގެންދެވުނު ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ ބޮޑެތި މަސައްކަތްތަކަށާއި އިލްމީ ދިރާސާތަކަށް ރާއްޖެއިން ދިގު މުއްދަތަކަށް ދެމުން އައި އެއްބާރުލުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރައްވަމުން، ޗާގޯސްގެ މައްސަލާގައި އިނގިރޭސިވިލާތާއެކު އިތުބާރު ހިފޭ އަދި ބިނާކުރަނިވި ގުޅުމެއް ދެމެހެއްޓުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ޗާގޯސް އާކިޕެލާގޯގެ ސިޔާދަތާ ގުޅޭ މައްސަލަތަކުގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު މާނަހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ރައީސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިވެ، އާ ގޮތްތަކަކަށް މަސައްކަތް ފެށުމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް ލިބޭނެ ބޮޑު ބާރަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450