Ads by Farudhun

ޚަބަރު

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރަން ބޭރުގެ އިންވެސްޓަރެއް ޝައުގުވެރިކަން ފާޅުކޮށްފި

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރަން ބޭރުގެ އިންވެސްޓަރެއް ޝައުގުވެރިކަން ފާޅުކޮށްފި

ކާޑެއްދޫ އެއަރޕޯޓް. ފޮޓޯ:ޓްރިޕް އެޑްވައިޒަރ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2026، 01:32

08 ސެޕްޓެމްބަރު 2026، 01:32

ގދ. ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ސީދާ ހަރަދުކޮށްގެން ކުރިއަށްގެންދެވޭ ވަރަށްވުރެ ބޮޑު މަޝްރޫއެއް ކަމަށާއި، އެ މަޝްރޫއަށް ބޭރުގެ އިންވެސްޓަރަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ބޭނުންވިހާ އަވަސް މިނެއްގައި އަދި ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ކްރޮސް ސަބްސިޑީ ނުވަތަ އެހެން ގޮތްގޮތުން ވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް އަޅުގަނޑުމެން ބޭނުންވިހާ އަވަހަކަށް ނުގެންދެވޭ. ދެން މީގަ ބޭރުގެ ކުންފުންޏެއް، އިންވެސްޓަރެއް މިކަމުގައި ޝައުގުވެރިކަން ފާޅުކޮށްގެން ކުރިއަށްގެންދިއުމުގެ މަސައްކަތް އެބަ ކުރަން. މި ޕްރޮޖެކްޓަކީ ސަރުކާރު ބަޖެޓުން ސީދާ ހަރަދުކޮށްގެން ކުރެވޭ ވަރަށްވުރެ ބޮޑު މަޝްރޫއަކަށްވާތީ އަޅުގަނޑުމެން މަސައްކަތްކުރަމުން މިއަދާ ހަމަޔަށް މިއައީ ބޭރުގެ ފަރާތުގެ އިންވެސްޓުމެންޓެއް މިއަށް ގެނެވޭތޯ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކަމާ ގުޅޭގޮތުން އަދި މުޅިން ފައިނަލް ގޮތެއް ނުނިމުނު ނަމަވެސް، މި އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭ ހިސާބަށް ކަންކަން ގެންދެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.

ގދ. ތިނަދުއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމުގެ އިތުރުން ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަކީ ތިނަދޫގެ އިތުރުން މުޅި ހުވަދުއަތޮޅުގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމުގައި ކަނޑައަޅަމުން ދަނީ ހަގީގަތަކަށް ހެދޭނެ "ރިއަލިސްޓިކް" ޓާގެޓްތަކެއް ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓަކީ މިހާރު ވިލާ އެއާއިން ހިންގަމުން އަންނަ އެއާޕޯޓެކެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެ އެއާޕޯޓުގެ އެއްބަސްވުން ބާތިލުކޮށް ސަރުކާރަށް ނެގި ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ނިމިދިޔަ ސަރުކާރުން ވަނީ އަލުން އެ އެއާޕޯޓް ވިލާ އެއާއާ ހަވާލުކޮށްފައެވެ. ނަމަވެސް، ސަރުކާރުން މިހާރު ދަނީ އެ އެއާޕޯޓް އަލުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450