Ads by Farudhun

ޚަބަރު

ޔޫއޭއީއާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ޔޫއޭއީއާއެކު ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ސަފީރު ޠާރިޤާއި ޔޫއޭއީގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް އަބްދުﷲ ބިން ޠޫޤް އަލް މާރީއާ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2026، 02:10

08 ސެޕްޓެމްބަރު 2026، 02:10

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަން ހިމެނޭހެން ގިނަ ދާއިރާތަކަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯރިގް އިބްރާހިމް، އެ ގައުމުގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް އަބްދުﷲ ބިން ޠޫޤް އަލް މާރީއާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި ބައްދަލުވުމުގައެވެ.

ސަފީރު ތޯރިގް އިބްރާހިމް ވިދާޅުވީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދެ ގައުމުގެ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނު ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އާ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔޫއޭއީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި މުހިންމު ހިއްސާއެއް އަދާކުރަމުން އަންނަ ގައުމެކެވެ. މިގޮތުން މިދިޔަ މަހުގެ ނިޔަލަށް ޔޫއޭއީން ރާއްޖެއަށް 3،100 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450