Ads by Farudhun

ޚަބަރު

މިދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރި މިންވަރު ދަށް: އެޗްޕީއޭ

މިދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރި މިންވަރު ދަށް: އެޗްޕީއޭ

ހިމަ ބިހި ޖެހިފައިވާ ކުއްޖެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2026، 04:37

08 ސެޕްޓެމްބަރު 2026، 04:37

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް ފެނިފައިވާ ކަމަށާއި، ބަލި ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. މި ކޭސްތަކާއެކު ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 264 އަށް އަރާފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވީ ނަމަވެސް ބައެއް ދުވަސްވަރު މި ބަލީގެ ކޭސްތައް ފެންނަމުންދެއެވެ. މިފަހަރު ވެސް ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާއެކު އެޗްޕީއޭއިން ވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، ބަލިމީހުންނާ ބައްދަލުވި ފަރާތްތައް ހޯދައި ވެކްސިން ދިނުމުގެ އިތުރުން އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަޅަމުންދާ ފިޔަވަޅުތަކާއެކު ބަލި ޖެހިގެން ރިޕޯޓުކުރާ މިންވަރު މިހާރު ވަނީ ދަށްވާން ފަށާފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެށި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 16،320 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވެސް އެ އެޖެންސީން މަޢުލޫމާތު ދެއެވެ.

އާންމުން ސަމާލުވާންވީ ކަންކަން
ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ފަރުވާ ހޯދުމަށް ސިއްޙީ މަރުކަޒުތަކަށް ދާއިރު މާސްކު އެޅުމަށާއި، ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު ވެސް މާސްކު އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

މީގެއިތުރުން ހިމަބިއްސަށް ޝައްކު ކުރެވޭނަމަ ޓެސްޓު ކުރުމަށްފަހު ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ފަސޭހަކަމާއެކު ގައިންގަޔަށް އަރާ މި ބަލިން ރައްކާތެރިވުމަށްޓަކައި އެއްވެސް އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450