Ads by Farudhun

ޚަބަރު

އެފްޑީސީ ފުލެޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކޮށް، ރައްކާތެރިކަން ވަރުގަދަކުރަން ފަށައިފި

އެފްޑީސީ ފުލެޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކޮށް، ރައްކާތެރިކަން ވަރުގަދަކުރަން ފަށައިފި

ހުޅުމާލެ ދެެވަނަ ފިޔަވަހީގައި ހުންނަ ފްލެޓް އިމާރާތެއް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2026، 01:01

09 ސެޕްޓެމްބަރު 2026، 01:01

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން، އެޕާޓްމެންޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.

އެފްޑީސީން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގާ ހާއްސަ މަޝްރޫއު މިހާރު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ފުލެޓުތަކުގެ ކުޑަދޮރުތައް ހުޅުވޭ މިންވަރު ބަލައި، ކުޑަދޮރުތައް ހުޅުވޭ މިންވަރު ހަތަރު އިންޗިއަށް ކުޑަކުރުމަށް ސްޓޮޕާ ލުމުގެ އެހީތެރިކަން އެ ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ.

"މިގޮތުން އަމާން ޓަވަރުތަކުގައި ހުޅުވޭ ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކޮށް، އެޕާޓްމެންޓްތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ސަލާމަތީ ކަންތައްތައް ރަނގަޅު ކުރުމުގެ މަޝްރޫއެއް،" އެފްޑީސީން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ފާހަގަކުރި ގޮތުގައި، ކުރިން ފަސް އިންޗިއަށް ހުޅުވޭ ގޮތަށް ހުރި ދޮރުތައް ހަތަރު އިންޗިއަށް ހުޅުވޭ ގޮތަށް ސްޓޮޕާ ލީ ނަމަވެސް، އެޕާޓްމެންޓްތަކުގެ ވެންޓިލޭޝަނަށް އެއްވެސް ދަތިކަމެއް ނާންނާނެއެވެ. މީގެ އިތުރުން، އެޗްޑީސީގެ ދަށުން ހިންގާ ފްލެޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް އެ ކުންފުނިން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މީގެ ކުރިން ވިދާޅުވެފައިވަނީ، އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލެޓުތަކުން ކުޑަ ދެ ކުދިން ވެއްޓުމުގެ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސްޓެލްކޯ ފުލެޓަކުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި މަރުވެފައިވާއިރު، އޭގެ ކުރީ ދުވަހު އަމާން އުދަރެސް ޓަވަރަކުން ވަނީ 16 އަހަރުގެ ކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450