Ads by Farudhun

ޚަބަރު

ސޯސަން މަގު ޕާކިން ޒޯންގައި ޕާކިން ބިލްޑިންއެއް އަޅަނީ، އަންނަ ހަފްތާގައި އެއްބަސްވުމަށް ދެވޭނެ: ވަޒީރު ސަޢީދު

ސޯސަން މަގު ޕާކިން ޒޯންގައި ޕާކިން ބިލްޑިންއެއް އަޅަނީ، އަންނަ ހަފްތާގައި އެއްބަސްވުމަށް ދެވޭނެ: ވަޒީރު ސަޢީދު

އިކޮނޮމިކް މިނިސްޓަރ ސައީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2026، 02:18

09 ސެޕްޓެމްބަރު 2026، 02:18

ސޯސަން މަގު ޕާކިން ޒޯނުގައި ޕާކިން ބިލްޑިންއެއް އަޅަން ނިންމާފައިވާކަން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.

 ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މާލޭގެ ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދިއުމަށް ބޭރުގެ އެހީ ހޯދަން ޖެހިއްޖެ ހާލަތެއްގައި އެ އެހީތެރިކަން ވެސް ހޯދާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މާލޭގެ ވަށާމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްގެ ކުރިމައްޗަށްވާ ގޮތަށް ހަދާފައިވާ ޕާކިން ޒޯނުގެ ޚިދުމަތް ޑިޖިޓަލައިޒްކުރުމާއި ޕާކިންއަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާކަމަށް ފާހަގަކުރެއްވިއެވެ.

މާލޭގެ ޕާކިން ސިޔާސަތާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ޕާކުކުރުމުގެ ސިޔާސަތު އިތުރު ފަސް އޮޕްޝަނަކަށް ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕާކިން ބިލްޑިންގތަކުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މާލޭން ހީނާ މާގޭ ޕާކިންގައި ޒަމާނީ ބިލްޑިންއެއް އެޅުމަށް ބަޔަކު އައިޑެންޓިފައި ކުރެވި، މުއާމަލާތުތައް ފެށިފައިވަނީ، ކުރިއަށް އޮތް ހަފްތާގައި އެފަރާތާއެކު އެއްބަސްވުމަކާ ހަމައަށް އާދެވި މަސައްކަތް ފެށިގެންދާނެ، ދެ ވަނަ ބިމެއްގެ ގޮތުގައި ސޯސަން މަގު ޕާކިން ޒޯން ކަނޑައަޅައި ބަޔަކާ ވާހަކަދައްކައިގެން އެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ،"

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، މި ޕާކިން ބިލްޑިންގތަކުގެ މަސައްކަތްތައް ނިންމުމަށް ކޮންޓްރެކްޓަރުންނަށް ދީފައިވާ މުހުލަތަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލެވެ. އަދި މިތަންތަނުގައި ކުޑަ ފީއެއް ދައްކައިގެން ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖެހުމުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450