Ads by Farudhun

ޚަބަރު

އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް ރާއްޖޭގައި ފަށައިފި

އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް ރާއްޖޭގައި ފަށައިފި

އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް. ފޮޓޯ: އައިޔޫއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2026، 03:42

09 ސެޕްޓެމްބަރު 2026، 03:42

އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިން ކޭމްޕް (އައިއީޓީސީ 2026) ރޭ ރަސްމީކޮށް ރާއްޖޭގައި ފަށައިފިއެވެ.

މިއީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކ. ތުލުސްދޫގައި ކުރިއަށްދާ މި ކޭމްޕު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުޞްޠަފާއެވެ. މިއީ މި ކޭމްޕް ބާއްވާ 4 ވަނަ އަހަރު ކަމަށްވާއިރު، މި އަހަރުގެ ޝިޢާރަކީ "އެޑްވާންސިން އިސްލާމިކް އިކޮނޮމިކްސް ފޯ ގްލޯބަލް ސަސްޓެއިނަބިލިޓީ އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް" އެވެ.

އައިޔޫއެމްއިން މަޢުލޫމާތު ދިން ގޮތުގައި، އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގައި ޒަކާތާއި، ވަޤުފާއި، އަދި އިސްލާމިކް ސޯޝަލް ފައިނޭންސް ފަދަ އިސްލާމީ އިޤްތިޞާދީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަރަމުން އަންނަ އަދި ނާޒުކު އިޤްތިޞާދުތަކުގައި ދެމެހެއްޓެނިވި ތަރައްޤީއާއި ޝާމިލު ކުރިއެރުން ހޯދޭނެ ގޮތްތަކާ މެދު ބައިވެރިން ދިރާސާކުރާނެއެވެ.

މި ކޭމްޕުގެ މަޤްޞަދަކީ އެތިކަލް ފައިނޭންސް، ޒިންމާދާރު އިޤްތިޞާދީ ނިންމުންތައް ނިންމުމާއި، އިޖުތިމާއީ އިންސާފާއި މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ބަހާލުން ފަދަ ކޮންސެޕްޓްތަކަށް ބައިވެރިންގެ ވިސްނުން ފުޅާކުރުމެވެ. މީގެ އިތުރުން، އިންޓަރެކްޓިވް ސެޝަންތަކާއި މަޝްވަރާތަކާއި ޢަމަލީ މިސާލުތަކުގެ އެހީގައި އިސްލާމީ އިޤްތިޞާދީ އުސޫލުތައް ހަޤީޤީ ދުނިޔޭގެ މައްސަލަތަކާ ގުޅުވައިލުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ޤާސިމް ވިދާޅުވީ، "ޤައުމެއްގެ ތަރައްޤީ، އިސްލާމީ އިޤްތިޞާދީ އަޚްލާޤީ އޮނިގަނޑެއްގެ ތެރެއިން ހިންގޭ ނިޒާމަކަށް ހެދުން މުހިންމު" ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450