Ads by Farudhun

ޚަބަރު

23 އަހަރުވީ ބޯހިޔާވަހިކަމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފި

23 އަހަރުވީ ބޯހިޔާވަހިކަމުގެ މައްސަލައަކަށް ހައްލު ހޯދައިދިނުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފި

ހައުސިންގ މިނިސްޓަރ ޑރ ޢަބްދުﷲ މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2026، 05:32

09 ސެޕްޓެމްބަރު 2026، 05:32

ގާތްގަނޑަކަށް 23 އަހަރު ވަންދެން ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް ނިންމައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަން ހާމަކޮށްފިއެވެ. މިކަމާ ގުޅޭ ތަފްސީލު ހާމަކޮށް އެ މިނިސްޓްރީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން، މި މައްސަލައަކީ 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުރީގެ މިނިސްޓްރީން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެއްބަސްވުން ހަދައި، ފައިސާ ދައްކާފައިވީ ނަމަވެސް އެ ފަރާތަށް ލިބެންޖެހޭ ތަން ހަވާލުނުކުރެވި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ.

މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ކަމާގުޅޭ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ ފަރާތަށް ލިބެންޖެހޭ ހައްގު ހޯދައިދިނުމަށާއި، ބޯހިޔާވަހިކަމުގެ ބަދަލު ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މި ނިންމުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450