ޚަބަރު
ރާއްޖެއިން އޭޕީއޭޕީގެ ރިޔާސަތު ބަލައްހައްޓައިފި!
ވަޒީރު ޠާރިގް އޭޕީއޭޕީގެ ރިޔާސަތު ބަލަހައްޓަވަނީ.ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ
ހުލާސާ
ދިވެހިރާއްޖެއިން އާރުއެފްސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު "ސެލެބްރޭޓިން ދަ ޑެކޭޑް އޮފް އެޑްވާންސިން ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ" ގެ ރިޔާސަތު ބަލަހައްޓައިފިއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މި ރިޔާސަތު ރާއްޖެއިން ބަލަހައްޓާފައިވަނީ އޭޝިއާ ޕްރޮޓެކްޓެޑް ޕާޓްނަރޝިޕް (އޭޕީއޭޕީ) ގެ ކޯޗެއާގެ ހައިސިއްޔަތުން ކަމަށެވެ.
Maldives as the co-chair of the Asia Protected Area Partnership (APAP) led the side event of #rcf2024asia in “Celebrating the decade of advancing protected areas in Asia” pic.twitter.com/O9VtzGqIhA
— Min. of Climate Change, Environment and Energy (@MoEnvmv) September 4, 2024
އެ ވުޒާރާއިން ބުނީ، މިކަމުގެ ސަބަބުން ތިމާވެށި ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބި، އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށާއި، އިވެންޓުން ލިބުނު މައުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ކުރިއަށް އޮތް ތަނުގައި އޭޝިއާ ސަރަހައްދުގައި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މިއިވެންޓަކީ އޭޝިއާގެ އެކި ޤައުމުތަކުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ސަރުކާރުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެން، އޭޝިއާ ސަރަޙައްދުގައި ރައްކާތެރި ކުރެވިފައިވާ ސަރަޙައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ހާއްސަ އިވެންޓެކެވެ.