Ads by Farudhun

ޚަބަރު

ލ. ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ. ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2026، 04:01

10 ސެޕްޓެމްބަރު 2026، 04:01

ލ. ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ (ޑިޒައިން އެންޑް ބިލްޑް) ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ނެރުގެ ބޭރުތޮށި ޕްރޮފައިލް ކުރުމުގެ މަސައްކަތްތަކާއި އެޕްރޯޗް ސްލެބް ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 33.4 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގެ އަމާޒަކީ ލާމު އަތޮޅުގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް އަދި ވިޔަފާރީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދިނުމެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރަށް ވަންނަ ބޮޑެތި ރާޅުތައް ކޮންޓްރޯލް ކުރުމަށްޓަކައި 360 މީޓަރުގެ ބޭރުތޮށްޓެއް ޤާއިމުކުރުމާއި، ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ނެރާއި ބަނދަރުގެ ފަޅު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން އެޕްރޯޗް ސްލެބް އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ލ. ގަމަކީ އެ އަތޮޅުގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އަދި ފޮނަދޫ، ކައްދޫ އަދި މާމެންދޫއާ އެއްގަމު މަގުން ގުޅިފައިވާ ރަށަކަށް ވުމުން، ގަމުގެ ބަނދަރަކީ މުޅި އަތޮޅުގެ ދަތުރުފަތުރާއި އިޤްތިޞާދީ ޙަރަކާތްތަކުގެ މައި މަރުކަޒެވެ.

މި މަޝްރޫޢު ނިމުމުން އެ ސަރަޙައްދުގެ މަސްވެރިކަމުގެ ވިޔަފާރިތަކަށާއި މުދާ އުފުލުމުގެ އިތުރުން ޢާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު މި މަޝްރޫޢު ނިމުމުގެ ފަހު މަރުޙަލާއާ ވަނީ ގާތްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450