Ads by Farudhun

ޚަބަރު

ބޯހިޔާވަހިކަމުގެ ހައްލުނުވެ ހުރި މައްސަލަތައް އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވަން ނިންމައިފި

ބޯހިޔާވަހިކަމުގެ ހައްލުނުވެ ހުރި މައްސަލަތައް އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވަން ނިންމައިފި

ވަޒީރު މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ސެޕްޓެމްބަރު 2026، 05:41

10 ސެޕްޓެމްބަރު 2026، 05:41

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލުނުވެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ މިނިސްޓްރީން މީގެ ފަހުން ގޮތް ނުނިންމާ ގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކުރައްވައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މިފަދަ މައްސަލަތައް ދެން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުވަސްވެފައިވާ މިފަދަ މައްސަލަތަކުގައި މިނިސްޓްރީން ކުރިއަށް އޮތް ތަނުގައި ޢަމަލުކުރަމުންދާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450