Ads by Farudhun

ޚަބަރު

މި ފެންނަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ: ވަޒީރު އިޙްސާން

މި ފެންނަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ: ވަޒީރު އިޙްސާން

ވަޒީރު އިޙްސާނު/ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

10 ސެޕްޓެމްބަރު 2026، 06:00

10 ސެޕްޓެމްބަރު 2026، 06:00

މަސްތުވާތަކެތި ބޭނުންކުރާ ތަންތަނާއި، އެފަދަ ކަންކަމަށް ތަންތަން ދޫކުރާ ފަރާތްތަކަށް ޖަލު އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޯޓުން ފުރަތަމަ ފަހަރަށް މީހަކު ޖަލަށްލުމަށް ހުކުމް ކުރުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ނަތީޖާއެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ "ކެފޭ" ތަކުގެ ގޮތުގައި ތަންތަން ހިންގާ އަދި އެފަދަ ކަންކަމަށް ތަންތަން ދޫކުރާ ވެރިފަރާތްތަކަށްވެސް ޖަލު އަދަބު ދެވޭނެ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިސްލާހުކޮށްފައިވާ ކަމަށެވެ. 

އަދި އަލަށް ގެނެވުނު މި އިސްލާހުގެ ދަށުން، ފުރަތަމަ ފަހަރަށް ޖަލު ހުކުމެއް އިއްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.



ވަޒީރު މިހެން ވިދާޅުވެފައި މިވަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ގެއެއްގެ ވެރިފަރާތް 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ބުދަ ދުވަހު ހުކުމްކުރުމާ ގުޅިގެންނެވެ.

މި މައްސަލަ ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، ފުލުހުންގެ އޮފިސަރުން ކުރެއްވި ހިތްވަރުގަދަ އަދި އަޒުމު ކަނޑައަޅައިގެން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި ވަޒީރު ވަނީ ފުލުހުންނަށް ސާބަހާއި ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، މިއީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކޮށް، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދެވުމަށްޓަކައި އެޅުނު ވަރަށް މުހިންމު އިތުރު ފިޔަވަޅެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450