Ads by Farudhun

ޚަބަރު

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ އަތުން "ކްރޮސް ބޯޑަރ" ފީ ނެގުން ހުއްޓާލައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ އަތުން "ކްރޮސް ބޯޑަރ" ފީ ނެގުން ހުއްޓާލައިފި

ރާއްޖެއިން ބޭރުގައި އޭޓީއެމްއަކުން މީހަކު ފައިސާ ނެގުން---

farudhun logo

ފަރުދުން

10 ސެޕްޓެމްބަރު 2026، 06:46

10 ސެޕްޓެމްބަރު 2026، 06:46

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ އަތުން "ކްރޮސް ބޯޑަރ" ފީ ނެގުން ހުއްޓާލާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ބޭންކުން ބުނީ، ރާއްޖެ އިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގާއިރު، އެ މުއާމަލާތައް ބޭންކުން ދެން އިތުރު ފީއެއް ނުނަގާނެކަމަށެވެ.

އެގޮތުން ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު ކުރިން ޗާޖުކުރަމުން ދިޔަ "ކްރޮސް ބޯޑާ" ފީ ނެގުން ހުއްޓާލާފައިވާކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.



މި ބަދަލާއެކު ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ 1200 ޑޮލަރުގެ ލިމިޓް، ފުރިހަމައަށް ބޭނުންކުރެވޭނެއެވެ. 

އޮޕްޝަނަލް އިޝުއަރ ފީ ނުވަތަ ކްރޮސް ބޯޑަރ ފީއަކީ ކާޑު ދޫކޮށްފައިވާ ބޭންކުން، ބޭރު ފައިސާގެ މުޢާމަލާތްތަކުން ނުވަތަ ރާއްޖެއިން ބޭރުގައި ކުރެވޭ މުޢާމަލާތްތަކުން ނަގާ ފީއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450