Ads by Farudhun

ޚަބަރު

ހައްޖު ކޯޕަރޭޝަނާއި ސަޢުދި ޢަރަބިއްޔާގެ އަލްރާޖިހީ ކުންފުންޏާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ހައްޖު ކޯޕަރޭޝަނާއި ސަޢުދި ޢަރަބިއްޔާގެ އަލްރާޖިހީ ކުންފުންޏާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ހައްޖު ކޯޕަރޭޝަނާއި ސަޢުދި ޢަރަބިއްޔާގެ އަލްރާޖިހީ ކުންފުންޏާއި ބައްދަލުކުރެއްވުން / ފޮޓޯ: ހައްޖު ކޯޕަރޭޝަން

farudhun logo

ފަރުދުން

10 ސެޕްޓެމްބަރު 2026، 08:31

10 ސެޕްޓެމްބަރު 2026، 08:31

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި ސަޢުދި ޢަރަބިއްޔާގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ އަލްރާޖިހީ ކުންފުންޏާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލެވެ. އަދި އަލްރާޖިހީ ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ބަންދަރު ޢަބްދުﷲ އަލްރާޖިހީއެވެ. މީގެއިތުރުން ޙައްޖު ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓުގެ އިސް ބޭފުޅުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އަލްރާޖިހީ ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން / ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ޙައްޖު ކޯޕަރޭޝަނާއި އަލްރާޖިހީ ކުންފުންޏާ ދެމެދު ގުޅުން ބަދަހިކޮށް، ދެފަރާތް ގުޅިގެން އެކުގައި މަސައްކަތްކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުންނެވެ. ޚާއްޞަކޮށް ދިވެހި ޙައްޖާޖީންނާއި ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ދެފަރާތަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅިގެން މަޝްވަރާކުރެއްވިއެވެ.

ޙައްޖު ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ މުއައްސަސާތަކާއި ޚިދުމަތްދޭ އިސް ކުންފުނިތަކާ ގާތް ގުޅުމެއް ބާއްވައިގެން، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450